ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ހަލުވި ސްޕީޑުގައި ކުރިއަށް

ހއ. ހޯރަފުށީގައި ތަރައްޤީ ކުރާ އެއާޕޯޓުގެ ޕެސެންޖަރ ޓާމިނަލް އަދި ފަޔަރ ބިލްޑިންގ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 80 ދުވަހުގެ ތެރޭގައެވެ.

16.1 މިލިއަނަށް ވުރެން ގިނަ ރުފިޔާ ހަރަދު ކޮށްގެން ނިންމުމަށް ހަވާލު ކުރި މި ދެ މަޝްރޫއުގެ މަސައްކަތް އިތުރަށް ހަލުވި ކުރުމަށްޓަކައި އެމްޓީސީސީގެ ފަރާތުން އިތުރު ފަރާތްތައް މިމަހުގެ ތެރޭގައި އެ ރަށަށް އަންނާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ މި މަސައްކަތް ފެށުން ވެގެން މިދިޔައީ ރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ކަމަށާއި އެއީ މި މަސައްކަތް ކުރުމަށް އެރަށުން 90 މީހުން ކޮންޓްރެކްޓް އުސޫލުން ނެގުމަށް އެމްޓީސީސީން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިއީ މިފަދަ ދަނޑިވަޅެއްގައި ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

އާބާދީގައި 3000ށް ވުރެ ގިނަ މީހުން ދިރިއުޅޭ ހޯރަފުށީގައި އަޅަމުންދާ އެއާޕޯޓަކީ ފާއިތުވި ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓެކެވެ.

ޖުމްލަ 198 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރެވި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް އެ އަހަރުގެ މާރޗް 31 ގައި ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

މި މަޝްރޫއުގެ ދަށުން ހޯރަފުށީ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 8635 މީޓަރުގެ އޭރިއާއެއްގައި އޭޕްރަންއާއި ޓެކްސީވޭއެއް ތަރައްގީ ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ އެއާސައިޑް ރޯޑާއި ލޭންޑް ސައިޑް ރޯޑު ތަރައްގީކޮށް ފަޔަރ އެކްސެސް ރޯޑު ތަރައްގީކޮށް އެއާޕޯޓު ސަރަހައްދު ވަކިކުރުމަށް ފެންސް ޖަހާނެއެވެ.

ހއ. އަތޮޅުގައި ތަރައްޤީކުރާ އެއަރޕޯޓު ހޯރަފުށީގައި ތަރައްޤީކޮށް، އެ މަޝްރޫއު ނިމުމަކާ ގާތްވެފައިވާއިރު، އެއަރޕޯޓް ތަރައްޤީ ކުރެވުމުން ކައިރީގައި ހުރި ރިސޯޓުތަކަށް ގޮސް އައުމުގައިވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ހަމަ އެހެންމެ، އެއަރޕޯޓް ތަރައްޤީ ވެގެން ދިއުމަކީ އެ އަތޮޅުގެ ރަށްރަށުގެ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ކޮށާލެވޭ މަގެއް ކަމަށް ރަށުން މައުލޫމާތުދިން ފަރާތްތަކުން ބުނެއެވެ.

ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ، ލޯކަލް ޓޫރިޒަމް ރާއްޖޭގެ ރަށްތަކުގައި ފުޅާވެގެން އަންނައިރު، ހއ. އަތޮޅަށް ވެސް އެއަރޕޯޓެއް ނުހަނު މުހިއްމު ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!