ޅ. ހިންނަވަރުގައި ޑައިވިން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ، މޫދާއި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.
މި ޕްރޮގްރާމަކީ ހިންނަވަރު ސޮސް ބޯއިޒް އާއި ކަމަދޫ ޑައިވް އެންޑް ވޯޓަރ ސްޕޯޓްސްގެ އިތުރުން ކޮމްޕްލީޓް މޯލްޑިވްސް.ކޮމް އާއި ގުޅިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން ވަނީ ޑައިވިންގް އަލަށް ދަސްކުރަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހުޅުވާލަދީ ރަށުގެ ލޯކަލް ބީޗް ސަރަހައްދުގެ މޫދާއި ގޮނޑުދޮށް ސާފު ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަރަކާތުގައި މުޅި ބީޗު ސަރަހައްދު އެއްކޮށް ސާފުކޮށް، 15 ފަރާތަކުން ޑައިވިންގ ފުރަތަމަ ފަހަރަށް ތަޖުރިބާކޮށްފައިވެއެވެ.