މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލް އަގުހެޔޮކޮށްފި

ފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލް އަގުހެޔޮކޮށްފިއެވެ.

މިފްކޯއިން ބުނީ މިއަދުން ފެށިގެން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލުގެނެސްފައިވާކަމަށެވެ. އެގޮތުން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން މަސް ދޯނި ފަހަރަށް 8 ރުފިޔާ 65 ލާރިއަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ވިއްކަމުންދާނީ 7 ރުފިޔާ 33 ލާރިއަށްކަމަށް މިފްކޯއިން ބުނެއެވެ.

މަސްވެރިންނަށް ވިއްކާ ޑީސަލްގެ އިތުރުން، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން އާއްމު ފަރާތްތަކަށް ވިއްކާ ޑީސަލްގެ އަގަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މިއަދުން ފެށިގެން އާއްމު ފަރާތްތަކަށް ޑީސަލް ވިއްކާނީ ލީޓަރެއް 13 ރުފިޔާއަށްކަމަށް މިފްކޯއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!