ގުރައިދޫ ބަނދަރުގެ ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް

ތ. ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ ހަތަރު ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތުގެ 33 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން ގުރައިދޫ ބަނދަރުގައި ބޮޑުހިލަ ބޭނުންކޮށްގެން ބޭރުތޮށި ހެދުމާއި، ނެރުފައިކަށި ޖެހުމަށް ހަމަޖެހިފައިވާއިރު، 370 މީޓަރުގެ އެއްގަމު ތޮށި ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި ރޭމްޕެއް ހަދައި، 15 މޫރިން ބޮއެ ހަރުކޮށް، އެއްގަމު ތޮށިން ބޭރު ތޮއްޓަށް އެރުމަށް ވޯކްވޭއެއް ހެދުމަށާއި، ބަނދަރުގެ އެއްގަމު ތޮށީގައި ޑްރެއިނޭޖް ލައި، 18 ބަނދަރު ބައްތި ހަރުކުރުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ދެ ނެރުބައްތި ހަރުކޮށް، ބަނދަރުގެ އެއްގަމު ތޮށީގައި 5 މީޓަރު ފުޅާކޮށް ޕޭވްމެންޓް ހަދައި، ބަނދަރު އަދި ނެރު ފުންކުރުމަށްވެސް ހަމަޖެހިފައެވެ.

ގުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 475 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 46,015,831.72 ރުފިޔާ އަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!