އަތޮޅު ތެރޭގައިވެސް އިންސްޕެކްޝަންތަކެއް ކުރިއަށް

ކޮވިޑް-19 ފެތުރޭތީ އާންމު ހިދުމަތްދޭ ތަންތަނުގައި ހުންނަންޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ “ނިއު ނޯމަލް” އުސޫލުތަކަށް ފެތޭތޯ ބަލަން އަތޮޅު ތެރޭގައިވެސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މީގެ ކުރިން މާލޭގައި އާންމު ހިދުމަތްދޭ ތަންތަން އިންސްޕެކްޓު ކުރަމުން ދިޔަނަމަވެސް މިހާރު އަތޮޅު ތެރޭގެ ތަށްތަކުގައިވެސް އިންސްޕެކްޝަން ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން އެކަމަށްޓަކައި މީހުން ތަމްރީނުކޮށް އެމަސައްކަތް އިއްޔެ ފަށާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!