ޝައްފާންއަކީ މަސައްކަތަށް ނުހަނު ފަރުވާތެރި ފަޔަރ ފައިޓަރ އެއް: އެމްއޭސީއެލް

ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ނިޔާވި ޝައްފާން ރަޝީދު (24އ) އަކީ އޭނާ އާއި ހަވާލުކުރި މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވަރަށް ފުރިހަމައަށް އަދާކުރި ފަޔާ ފައިޓަރެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްގެ ފަޔަރ ފައިޓަރެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ ޝައްފާނުގެ ހަށިގަނޑު ފެނިފައިވަނީ ވެސްޓް ޕާކް ސަރަހައްދުގެ މޫދު އަޑިން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން އެމްއޭސީއެލްއިން ކުރި ޓްވީޓެއްގައި ވަނީ ޝައްފާނުގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އެމްއޭސީއެލްއިން ބުނީ، ޝައްފާނަކީ ވަޒީފާއަށް ނުހަނު ފަރުވާތެރި، އަދި ޙަވާލުކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރި ފަޔަރ ފައިޓަރެއް ކަމަށެވެ.

އޭގެ އިތުރުން، އެއާޕޯޓްގެ ފަޔާ އެންޑް ރެސްކިއު ޑިވިޜަނުންވެސް ވަނީ ޝައްފާނުގެ މަސައްކަތް ފާހަގަކޮށް، އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!