ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމަށް ތައްޔާރީތައް ދަނީ ވަމުން: އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް

ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން (އޭއީއެޗް) އިން ތައްޔާރުވާން ފަށައިފިއެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފް ސަދާތް ވިދާޅުވީ ސެޕްޓެމްބަރ 19 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯސާޖަރީ ޓީމެއްގެ އެހީއާއެކު އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ނިއުރޯސާޖަރީއެއް ކުރި ނަމަވެސް ޕްލޭންގައިވާ ގޮތުން މިއީ ކުޑަ އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރަން ފައްޓާނެ ކަމަށާއި އެކަމަށްވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރުވަމުންދާ ކަމަށް ޝަރަފް ވިދާޅުވިއެވެ.

އައްޑޫ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ހަދާފައިވާ ހޮސްޕިޓަލަކަށް ވާއިރު ދާދިފަހުން އެ ހޮސްޕިޓަލުގައި ވަނީ ފުރަތަމަ ފަހަރަށް ނިއުރޯ ސާޖަރީއެއް ކާމިޔާބު ކަމާއެކު ކޮށްފައެވެ. މި ސާޖަރީ ކޮށްފައިވަނީ އޭޑީކޭގެ ނިއުރޯސާޖަރީ ޓީމާއި ގުޅިގެންނެވެ.

މީގެކުރިން އެ ހޮސްޕިޓަލުން ވަނީ މައިބަދައިގެ ދެ އޮޕަރޭޝަނަކާއި، އުކުޅުވަޅުގެ ހުޅު ބިންދައިގެން ދިޔަ މީހެއްގެ ކަށިގަނޑު ތެދުކުރުމުގެ އޮޕަރޭޝަނެއް ވެސް ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!