ކުޑަހުވަދޫން މީހަކު ޕޮޒިޓިވް ވެއްޖެ

ދ.ކުޑަހުވަދުއިން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެރަށުން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ހޯމްކަރަންޓީންގައި ހުރިމީހެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ޚާއްޞާކޮށް މާސްކްއެޅުމަށް އެރަށު ރައްޔިތުންންނަށް ކުޑަހުވަދޫ ސޯޝަލް ސަޕޯޓް ޑެސްކުުގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް މާލެ ފިޔަވާ 22 ރަށެއްގައި ކޯވިޑް-19އަށް ޕޮޒިޓިވް 48 މީހުން ތިބިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެއީ 34 ދިވެހިންނާއި، 14 ބިދޭސީންނެވެ. އަދި މިވަގުތު މޮނިޓަރިންގެ ޙާލތުގައި އޮތީ ގދ.ހޯނޑެއްދޫ އެކަންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!