މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީފި

މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ޚަލާސްކޮށްފައިވާކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، އޮގަސްޓްމަހުގެ 17 ވަނަ ދުވަހުން ފެށިގެން އޮގަސްޓްމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން މަސް ކިރުވާފައި ފައިސާ ނުދީ ހުރި ބިލުތަކަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ނިމިފައިވާކަމަށެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ޖުމްލަ 83 މިލިއަން ރުފިޔާއަށް އަރާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެކުނުގެ މަސްވެރިންނަށް ދޭންޖެހޭ 56 މިލިއަން ރުފިޔާއާއި އުތުރުގެ މަސްވެރިންނަށް ދޭންޖެހޭ 29 މިލިއަން ރުފިޔާކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ޚަލާސްކުރެވުނީ މަސްވެރިޔާ ކާޑު މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ޖަމާކުރުމުގެ ސަބަބުންކަމަށެވެ. އަދި ކުރިން އޮތް ގޮތަށް ނަގުދު ފައިސާއިން އެކަން ކުރިނަމަ ހަފްތާއެއްވާއިރުވެސް ފައިސާ ދީ ޚަލާސް ނުކުރެވޭނެކަމަށް އިސްމާއިލް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!