ހއ. އުލިގަމުގައި އިމާރާތް ކުރަމުންގެންދާ އިންޖީނުގޭގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ވިދާޅުވެއްޖެއެވެ.
ފެނަކައިން ވިދާޅުވީ، އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ 65 ޕަސެންޓް މަސައްކަތް މިހާރު ނިމިފައި ވާ ކަމަށެވެ. އަދި މިމަޝްރޫޢުގެ ސަބަބުން އެރަށުގެ ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅުވެ، ރަށުމެދުގައި އިންޖީނުގެ ހުރުމުގެ ސަބަބުން ރައްޔިތުން ތަޙައްމަލު ކުރަމުންއަންނަ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ފެނަކައިން ވިދާޅުވިއެވެ.
މިމަޝްރޫޢުގެ އަމަލީ މަސައްކަތް 13 ނޮވެމްބަރ 2019 ގައި ފެށިފައިވާއިރު، މި އިންޖީނުގޭގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ހަވާލު ކޮށްފައިވަނީ 2 އެލް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
170 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ސަރުކާރުން 2 އެލް ކޮންސްޓްރަކްޝަނާއި މި މަސައްކަތް ހަވާލު ކޮށްފައިވަނީ 5.599454.10 ( ފަސްމިލިއަން ފަސްލައްކަ ނުވަދިހަ ނުވަހާސް ހަތަރު ސަތޭކަ ފަންސާސް ހަތަރެއް ޕޮއިންޓް އެކެއް ސުމެއް) ރުފިޔާއަށެވެ.