އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގެންފި އެވެ.
ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ އެމްބިޝަންގެ އެމްބެސެޑަރުކަމުގެ މަސައްކަތް ހަވާލުވަޑައިގެން އެ މަސައްކަތް ރަސްމީކޮށް ފެއްޓެވުމަށެވެ.
ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ ރައީސް ނަޝީދުގެ އެދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ކަރަންޓީންގައި ކަމަށްވެސް ވިދާޅުވި އެވެ.
ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކުގައި ވާގޮތުން ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ހަމަކުރަންޖެހެ އެވެ.