ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނަ މީހުން ރާއްޖެ އައީ އާދިއްތަދުވަހު

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އެއްދުވަހެއްގައި ރާއްޖެ އައިސްފައިވަނީ މިދިޔަ އާދިއްތަ ދުވަހުކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނެފިއެވެ.

އެމްއޭސީއެލްއިން ބުނީ މިދިޔަ އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް 867 މީހުން އައިސްފައިވާކަމަށެވެ. މީގެތެރެއިން 859 މީހުން އައިސްފައިވަނީ އިންޓަނޭޝަނަލް ފްލައިޓްތަކުގައެވެ. އަދި 8 މީހަކު އައިސްފައިވަނީ ޗާޓަރ ފްލައިޓް ނުވަތަ ޕްރައިވެޓް ޖެޓްތަކުގައެވެ.

އެމްއޭސީއެލުން އެންމެ ފަހުން އާންމު ކުރި މިދިޔަ ދެ މަހުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 15 ގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 7607 މީހުންނެވެ. އޮގަސްޓް 16 އިން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެ އައީ 12،883 މީހުންނެވެ.

އެގޮތުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އައި މީހުންގެ އަދަދު ވަނީ 69.36 ޕަސެންޓް މައްޗަށް ގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!