ކާގޯ ފެރީއާއެކު ވިޔަފާރިވެރިންނަށް ފަސޭހަތަކެއް ލިބޭނެ: ފައްޔާޒު

އިންޑިއާ އާއި ރާއްޖެއާ ދެމެދު އިއްޔެ އިފްތިތާހުކުރި ކާގޯ ފެރީއާގެ ހިދުމަތާއެކުވިޔަފާރިވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިންޑިޔާ އާއި ރާއްޖެ އާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހު އެވެ. އެއާއެކު ރާއްޖޭގެ ވިޔަފާރިވެރިންނަށް މިކަމުގެ ސަބަބުން ގެއްލުންވަމުންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިމޭރުމުން ވިޔަފާރިވެރިއަކު ދައްކާފައިވާ ވާހަކައެއްގެ އަރޓިކަލް ޓްވީޓް ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ކާގޯ ފެރީން ގެންނާނީ ރާއްޖޭގެ ވިޔަފާރިތަކަށް ވިޔަފާރިވެރިން ގަންނަ މުދާ ކަމަށާއި އެނޫން ކަމެއް އެކާގޯ ފެރީން ނުކުރާނެ ކަމަށެވެ. އަދި މި ފެރީއާއެކު ރާއްޖެ އާއި އިންޑިއާ އާ ދެމެދު މުދާ އުފުލުމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށާއި މިހާރު ރާއްޖެއަށް އޮޕަރޭޓްކުރާ ކާގޯ އުޅަނދުތަކާއި މި ފެރީއާ ހުރި ހަމައެކަނި ތަފާތަކީ މި ފެރީއަކީ ޝެޑިއުލް ކުރެވިގެން ބޭއްވޭ ފެރީއަކަށްވުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން މި ހިދުމަތާއެކު ރާއްޖޭގެ ވިޔަފާރިވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!