މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަ އިބްރާހިމް އާޒިމް ވިދާޅުވީ ގ. ނަލަ ގޭގައި ހުރި ޕެނަލް ބޯޑެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު 8:30 ހާއިރު ކަމަށެވެ.
އަދި ގާތްގަނޑަކަށް ފަސް މިނެޓެއް ހާއިރު، ތެރޭގައި އެ ގޭގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާގައި އިތުރު ގެއްލުމެއް ލިބިފައިނުވާއިރު، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.