ފޮޓޯ: ގޫގުލް

އަހަރީ ފީ ސްޓިކާ ދޫކުރަން ފަށައިފި

ކޮވިޑް-19 އާ ގުޅިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ ސްޓިކާ ދޫކުރުން މެދުކަނޑާލުމަށް ފަހު، އަލުން ދޫކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާ އިން ބުނީ އޮންލައިންކޮށް އަހަރީ ފީ ދާއްކާ ފަރާތްތަކަށް ވެސް މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ސްޓިކާ ދޫކުރަން ފަށާފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި އެ ތާރީހުން ފެށިގެން އަހަރީ ފީ ސްޓިކާ ދޫކުރަން ހަމަޖެއްސި ނަމަވެސް ސްޓިކާ ބަދަލުގައި ރަސީދު ވެސް ފުދޭ ކަމަށް ބުނެފައިވާ “އޮންލައިން ރަސީދު” ބޭނުން ކުރެވޭނެ އެވެ.

މީރާ އިން ވަނީ އުޅަނދު ފަހަރުގެ އަހަރީ ފީ އާއި ޖޫރިމަނާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމެއް ހަމަޖައްސާފަ އެވެ. އެ ބަދަލާއެކު އެ އޮތޯރިޓީގެ ވެބްސައިޓާއި އެޕުން ފަސޭހަކަމާއެކު ހިދުމަތް ހޯދެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!