ފިލްމީ އާއިލާއަކަށް ނިސްބަތްނުވާތީ، ޕޯސްޓަރުތަކުން އަހަރެންގެ ފޮޓޯތައް ކުރިން ނެގި: ސޯނޫ

ސުޝާންތު ސިންގް ރާޖްޕުތްގެ މަރާއި ގުޅިގެން ފެށިގެން އުޅޭ ނެޕޮޓިޒަމްގެ ވާހަކަތަކަށް ފިލްމީ ތަރި ސޯނޫ ސޫދު އޭނާގެ ބަހެއްވެސް ބުނެފިއެވެ.

އާންމު ދިރިއުޅުމުގައި ވެސް އެތައް ބަޔަކަށް އެހީތެރިވަމުން އަންނަ ސޯނޫ ވަނީ އޭނާ ފިލްމް އިންޑަސްޓްރީ އާއި ގުޅުން އިރު ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަތައް ހިއްސާކޮށްފައެވެ.

ސޯނޫ ބުނީ ބާރުގެ ބޭނުން ކުރެވޭ މީހުން އިންޑަސްޓްރީގައި އޭގެ ބޭނުން ހިފަމުން އަންނަ ކަމަށެވެ. އޭނާ ބުނީ އޭނާ އަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ މީހަކަށް ނުވުމުން އޭނާ ފުރަތަމަ ކުޅެފައިވާ ފިލްމްތަކުގެ ޕޯސްޓަރުތަކުން އޭނާ ނަގާފައިވާ ކަމަށެވެ.

ސޯނޫ ބުނީ އެކަމާއި ކުރިމަތިލެވޭނެ ދެގޮތެއް އޮންނަ ކަމަށެވެ. އެއްގޮތަކީ ޕޯސްޓަރަށް ނޭރުވި ސަބަބާއި މެދު ޝަކުވާކޮށް މައްސަލަ ޖެއްސުން ނުވަތަ ދެވަނަ ގޮތަކީ އަމިއްލަ މީހާގެ އަގުވަޒަންކޮށް، ބުރަކޮށް މަސަތްކަތްކޮށް މީހުން އޭނާގެ ފިލްމްތައް ބެލުމަށްފަހު ޕޯސްޓަރުގައު އޭނާ ހިމަނަން ޖެހޭނެ ކަމަށް ބުނާވަރު ކުރުން ކަމަށެވެ.

ސޯނޫ ބުނީ މުޅި އިންޑަސްޓްރީއަށް އިނގިލި ދިއްކުރަނީ ނޫން ކަމަށާއި އެއީ އިންޑަސްޓްރީގައި އުޅޭ ބައެއް މީހުންގެ ވާހަކަ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!