ޝާހިދު ގެ ދަރިފުޅު މި ޝަކުވާ ކުރަނީ ކީތްވެކަން އިނގޭތަ؟

ބޮލީވުޑުގެ މަޝްހޫރު ފިލްމީތަރި ޝާހިދު ކަޕޫރް އަދި އޭނާގެ އަނބިމީހާ މީރާއަށް ވަނީ ދެދަރިން ލިބިފައެވެ. ބޮޑު ދަރިފުޅު މިޝާ އަށް ސެޕްޓެމްބަރު 26 ގައި 4 އަހަރު ފުރޭއިރު ކުޑަ ދަރިފުޅު ޒައިން އަށް އޮކްޓޯބަރު 5 ގައި ދެއަހަރު ފުރޭނެއެވެ. ދެކުދިންގެ އުފަންދުވަހުގެ ދޭތެރޭގައި މާގިނަ ދުވަސްތަކެއް ފާއިތުނުވާތީ މީރާ ނިންމާފައިވަނީ ދެކުދިންގެ އުފަންދުވަސް ފާހަގަކުރުމަށްޓަކައި އެއް ޕާރޓީ ބޭއްވުމަށެވެ.

އެހެން ނަމަވެސް އެވާޙަކަ އެގޮތަށް ދެކެވުނު ހިސާބުން ފެށިގެން ބޮޑު ދަރިފުޅު މިޝާ އޭނާގެ ބައްޕަ ޝާހިދުގާތުގައި ޝަކުވާކުރަމުން އަންނަކަމަށް މީރާ ބުނެފިއެވެ.

މީރާ އޭނާގެ އިންސްޓަގުރާމުގައި ޕާރޓީއަށް ވަމުންދާ ބައެއް ތައްޔާރީތަށް ހިއްސާކުރަމުން ބުނެފައިވަނީ އެދެކުދިންގެ ޕާރޓީއަށް ހުރިހާ ތައްޔާރީތަކެއް ކުރަނީ އެދެމަފިރިން އަމިއްލައަށްކަމަށެވެ.  ޕެޕާ ފިގު ކާޓޫންގެ ތީމަށް ތައްޔާރުކުރި ނަމަވެސް ޕެޕާ ޕިގުގެ އިތުރުން ތަފާތު އެތަށް ވައްތަރުތަކުގެ ޕިގުތަށް ބޭނުންކޮއްގެން ޕާރޓީގެ ޑެކަރޭޝަން ހެދުމަށް ނިންމާފައިވާ މި ފާރޓީގައި ކުޑަކުދިންނާއި ގުޅޭ ބައެއް ކުޅިވަރުތަށްވެސް ރާވާފައިވާ ކަމަށް މީރާ ބުނެފައިވެއެވެ. ވެފާ، ޖެލީ، ޕިއްޒާ، ސޭންޑުވިޗްގެ އިތުރުން ނޫޑުލިސްވެސް މި ޕާރޓީގެ މެނޫގައި ވަނީ ހިމަނާފައެވެ.

މީރާ ބުނެފައިވަނީ މިއީ ބޮޑު މަސައްކަތެއްކަމަށާއި އަދި މިކަން ދެފަހަރަށް ރާވާ އިންތިޒާމުކުރުމަށްވުރެ އެއްޕާރޓީއެއް ބޭއްވުން މިދަނޑިވަޅުގައި ބުއްދިވެރިކަމަށެވެ. އެހެން ނަމަވެސް އޭނާގެ ދަރިފުޅު މިޝާ އެކަމާ ދެކޮޅު ހަދާ ޝާހިދު ގާތު ޝަކުވާކުރާ ކަމަށް މިރާލިޔެފައިވެއެވެ. މިޝާ އެދެނީ އޭނާއަށް އެކަނި ހާއްސަ ޕާރޓީއެއް ބޭއްވުމަށް ކަމަށާއި އެހާ ހާއްސަ ދުވަހެއް ކޮއްކޮއާއި އެކު ޝެއަރކުރަން ބޭނުން ނުވާކަމަށް މިޝާ ބުނަމުންދާކަމަށް މީރާ ވަނީ ބުނެފައެވެ.

މިދެމަފިރިންނަކީ އިންސްޓަގުރާމް މެދުވެރިކޮށް އަބަދުވެސް ދެމަފިރިން ދަރިންނާއެކު ހޭދަކުރާ އުފާވެރި މަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތަށް ފޮލޯވަރުންނާއި ހިއްސާކުރަމުން އަންނަ ބައެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!