ރަންވީރު އާއި އެކު ފިލްމް ހަދައިފިނަމަ ސްޓޫޑިއޯއިން ފައިސާ ނުދޭނެ ކަމަށް ބުނި: އަނުރާގް

ނެޕޮޓިޒަމް ނޫނީ އިންޑަސްޓްރީއާއި ކޮންމެސް ގޮތަކުން ގުޅުން ހުރި މީހުންގެ ދަރިންނާއި އިންޑަސްޓްރީ އާއި އެއްވެސް ގުޅުމެއްނެތި ބޮލީވުޑަށް އަންނަ ކުދިންގެ ދޭތެރޭގައި ތަފާތު ކުރުންތަށް ގެންގުޅޭކަމުގެ ވާހަކަ އަކީ 2000ގެ އަހަރުތަކުގައި ކުރެވުނު ބަހުސްއެއް ކަމަށާއި މިހާރު އެވާހަކަ ދެއްކުމުގެ އެއްވެސް މާނައެއް ނެތްކަމަށް ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރ އަނޫރާޤު ކަޝަޕް ބުނެފިއެވެ.

ޖާރނަލިސްޓް ފެޔޭ ޑިސޫޒާ އާއި ވާހަކަ ދައްކަމުން އަނޫރާޤު ބުނެފައިވަނީ މިހާރު ނެޕޮޓިޒަމްގެ މައްސަލަތަކެއް އިންޑަސްޓްރީގައި ނެތްކަމަށެވެ. އަދި އެކަން ސާބިތުކޮއްދިނުމުގެ ގޮތުން އޭނާ ވަނީ އޭނާ ހެދި ދެ ފިލްމަކުން ރަންވީރު ސިންގު ރިޖެކްޓްވީ ގޮތްވެސް ކިޔައިދީފައެވެ.

އަނޫރާޤު ބުނެފައިވާ ގޮތުގައި ރަންވީރަކީވެސް ކޮންމެވެސް ހިސާބަކުން ބޮލީވުޑުގެ ފިލްމު އިންޑަސްޓްރީއައި ގުޅިފައިވާ އާއިލާއެއްގެ ދަރިއެކެވެ. އެހެން ނަމަވެސް ފިލްމު ޝައިތާންގެ އޮޑިޝަން އިން އޭނާ ރިޖެކްޓް ވެފައިވާއިރު ފިލްމު ބޮމްބޭ ވެލްވެޓަށް އަނޫރާގު އޭނާ ނަގަން ބޭނުންވެ ސުޓޫޑިއޯއިން އިންކާރުކޮށް އޭނާއާއި އެކު މަސްކަތްކޮއްފިނަމަ ފިލްމަށް ފައިސާ ނުލިބޭނެ ކަމަށް ބުނުމުން ފިލްމު ރަންބީރުއަށް ލިބުނީއެވެ. 

އެއީ އެންމެ ސުޓޫޑިއޯއަކުން އޭނާ އަށް ކުރިމަތިވީ ކަންތަށްތަކެވެ. އެފަދަ އެތަށް ކަމަކާއި އިންޑަސްޓްރީގައި ކޮންމެ މީހަކާވެސް ކުރިމަތިލާން ޖެހޭނެކަމަށް އަނޫރާގު ބުންޏެވެ. އެކަންކަމާ ހިއްވަރާއެކު ކުރިމަތި ލުމުން މިއަދު ރަންވީރު އެހުރީ ސުޕަރ ސުޓާރެއްގެ ގޮތުގައި ކަމަށްވެސް އަނޫރާގު ފާހަގަކުރިއެވެ.

މިހާރު ބޭރުން އަންނަ ކުދިންނަށް މާގިނަ ފުރުސަތުތަށް ހުޅުވާލެވިފައި އިންޑަސްޓްރީގައި އޮންނަކަމަށް ބުނަމުން އަނޫރާޤު ބުނެފައިވަނީ އެކަން އެހެން ވީކަމަށް އޭނާވެސް ޤަބޫލުކުރި ދުވަސްވަރެއް ދިޔަ ކަމަށެވެ. އަނޫރާޤާއި ކަންގަނާ ރަނޯޓުގެ މެދުގައި އެކުވެރިކަން އޮތްއިރު އެމީހުން ބޮލީވުޑު އިންޓަސްޓްރީގެ ކުރީކޮޅު އެ މައްސަލައާއި ކުރިމަތިލާން ޖެހުނުކަމަށް އަނޫރާޤު ބުނެފައިވެއެވެ.

އަދި އެކަމާ ދެކޮޅަށް އެ ދެއެކުވެރިން އެތަށް މަސައްކަތެއްވެސް ކޮއްފައިވާނެކަމަށް އަނޫރާޤު ބުންޏެވެ. އަނޫރާޤު މިހެން ބުނެފައިވާއިރު އަނޫރާޤު އާއި ކަންގުނާއަކީ މިއަދު އެކަކު އަނެއްކަކަށް ބަހުގެ ހަމަލާތަށްދޭ ދެ ހަތުރުންނެވެ.