ކޮއްކޮއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަން ކަރިޝްމާ ހިއްސާކުރީ ޙާއްސަ ފޮޓޯއެއް!

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް ޚާނަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަން ދައްތަ ކަރިޝްމާ ކަޕޫރު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ކަރީނާގެ 40 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ކަރިޝްމާ ހިއްސާކުރި ފޮޓޯއަކީ އެދެމީހުން ކުޑައިރު އެކުގައި ނަގާފައިވާ ވަރަށް ޙާއްސަ ފޮޓޯއެކެވެ. އެ ފޮޓޯގައި ކުޑަކުޑަ ކަރީނާގެ ކޮނޑުގައި އަތް ވަށާލައިގެން ދައްތަ ކަރިޝްމާ އިނީ އޭނާއަށް ހިމާޔަތްދޭ ފަދަ ގޮތަކަށެވެ. އަދި ހަމައެހެންމެ، އިންސްޓަގްރާމްގައި މި ފޮޓޯ ހިއްސާކުރަމުން ވެސް ކަރިޝްމާ ލިޔެފައިވަނީ، އަބަދުވެސް ހިމާޔަތްކޮށްދޭނެ ކަމަށެވެ.

ކަރިޝްމާގެ މި ޕޯސްޓަށް ކޮމެންޓުކުރި ގިނަ ބަޔަކު އަންނަނީ ދެބެއިންގެ މެދުގައި އޮތް ގުޅުމަށް ތައުރީފުކޮށް، ކަރީނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ.

މި ޕޯސްޓުގެ ކުރިން ކަރިޝްމާ ހިއްސާކުރި ޕޯސްޓުގައި ވަނީ އެ އާއިލާ އެކީގައި ކަރީނާގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ނަގާފައިވާ ފޮޓޯތަކެކެވެ. އޭގެން ކަރީނާގެ އުފަންދުވަހުގެ ކޭކު ވެސް ފެނިގެންދެއެވެ. އަދި އެ ފޮޓޯތަކުގައި ކަރީނާއާއި ކަރިޝްމާގެ މަންމައާއި ބައްޕަގެ އިތުރުން ކަރީނާގެ ފިރިމީހާ ސައިފް އަލީ ޚާނާއި އާއިލާގެ އެހެން މީހުން ތިބިތަން ފެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!