ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގާއެކު ހައްޔަރު ކޮށްފައި ހުރި އޭނާގެ ލޯބިވެރިޔާ އެކްޓްރެސް ރިއާ ޗަކްރަބަތީ މަސްތުވާތަކެތި ބޭނުން ކުރާކަމަށް އެއްބަސް ވުމާއި ގުޅިގެން އެވާހަކަތަކަށް އިތުރު މައުލޫމާތުތަކެއް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އަށް ލިބިއްޖެއެވެ.
ރިއާ މީގެ ކުރިން ތަހުގީގުގައި ވަނީ، ސުޝާންތާއި ރިއާއާއެކު ސާރާ އަދި ރަކޫލް ޕްރީތް ވެސް ޑްރަގް ބޭނުންކުރިކަމަށް ބުނެފައެވެ. އެކަމާއި ގުޅިގެން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން އަންނަނީ އެމީހުން ތަހުގީގަށް ހާޒިރުކުރުމުގެ މަސަތްކަތް ކުރަމުންނެވެ.
އަދި މިއަދުގެ ވަގުތެއްގައި އިންޑިއާގެ ޓައިމްސްގައި ވަނީ ޑްރަގްގެ މައްސަލައެއްގައި ލިބިފައިވާ ޗެޓް ލޮގަކާއި ގުޅިގެން މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯން ގެ ނަން ވެސް ފެންމަތިވެފައެވެ.
އެންސީބީން ޓެލެންޓް މެނޭޖަރު ޖަޔާ ސާހާގެ ފޯނުން ފެނުނު ޑްރަގް ޗެޓްސްތަކެއްގެ މައްސަލައެއްގައި ދީޕިކާގެ އިތުރުން މަޝްހޫރު ތަރިން ތަކެއްގެ ނަން ހިމެނެއެވެ.
އެ ޗެޓްގައި ހިމެނޭ މީހުންގެ ނަން ފެށޭ އަކުރު އާއްމުކޮށްފައި ވާއިރު، ޑީ ދީފައިވަނީ ދީޕިކާއަށެވެ. އަދި ކޭ ދީފައިވަނީ ޓެލެންޓް މެނޭޖަރު ކަރިޝްމާ އަށެވެ. އެ ޗެޓްލޮގުގައި ދީޕިކާ ވަނީ ކަރިޝްމާ ކައިރިން ވީޑް ގެ ބަދަލުގައި ހޭޝް ބޭނުންވާ ކަމަށާއި އޭތި ޓްރާންސްފާ ކުރާނެ ގޮތަކާއި މެދު ވާހަކަ ދައްކާފައެވެ.
މި ޗެޓްލޮގަކީ 2017 ވަނަ އަހަރުގެ އޮކްޓޯބަރި މަހުގެ 27 ވަނަ ދުވަހު ކޮށްފައިވާ ޗެޓެއްކަމަށް އިންޑިއާ ޓައިމްސް އިން ބުނެއެވެ.