ނާޑު ކުންފުންޏާ ހަވާލުކުރި ހުރިހާ ވެންޓިލޭޓަރުތައް ގެނެސްފި

ކޮވިޑް-19އާއި ގުޅިގެން، ނާޑް ޕްރައިވެޓް ލިމިޓެޑާއި ގެންނަން ހަވާލު ކުރި ހުރިހާ ވެންޓިލޭޓަރެއް ރާއްޖެ ގެނެސްފިއެވެ.

ހެލްތު މިނިސްޓްރީން، ނާޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 24 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށެވެ. އެގޮތުން، އެ ކުންފުނިން އެންމެ ފުރަތަމަ ގެނައީ ހަތަރު ވެންޓިލޭޓަރެވެ. އޭގެ ފަހުން، އެކި ދުވަސްތަކުގެ މަތިން ވެންޓިލޭޓަރުތައް ގެނެސް، އަދަދު ވަނީ ހަމަކޮށްފައެވެ.

އެ ކުންފުނިން ބުނީ އެ ވެންޓިލޭޓަރުތައް ގެނައީ ޖަރުމަނުން އެ ތަކެތި އުފައްދާ މެނުފެކްޗަރުގެ އަތުން ކަމަށާއި މި ތަކެތި ގެނައީ ގަތަރު އެއަރވޭސް އިން ކަމަށެވެ. އަދި އެތަކެތި އިންސްޓޯލްކޮށް ޓްރެއިނިންގ ދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެ ވެންޓިލޭޓަރުތައް ގަތުމަށް ސޮއިކުރީ ހަތް މިލިއަން ރުފިޔާގެ ދެ އެއްބަސްވުމެއްގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!