ގދ. ފަރެސްމާތޮޑާގައި ހޯމް ކަރަންޓީންގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ފަރެސްމާތޮޑާ ހޮސްޕިޓަލުން މިރޭ ބުނީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ މީހާގެ ޓެސްޓު ހަދައި ލިބުނު ނަތީޖާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މި ގޮތުން ޕޮޒިޓިވްވެފައިވަނީ ޢުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް ފަރެސްމާތޮޑާ ހޮސްޕިޓަލުން ބުނެއެވެ.
އޭނާއާ ކޮންޓެކްޓު ވި މީހުން ހޯދުމަށް ކޮންޓެކްޓު ޓްރޭސިން ހަދަމުން އަންނަ ކަމަށާއި މިހާތަނަށް ހަ މީހެއް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.