ހޮސްޕިޓަލުގައި ފަރުވާދޭ އަދަދު 96 ތިރިވެެއްޖެ

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 96 އަށް ތިރިވެެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި މިހާރު 96 މީހަކަށް ދަނީ ފަރުވާ ދެމުން ކަމަށެވެ.

ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި   ފަސް މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު އޭގެ ތެރެއިން އެކަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަަށެވެ. އަދި ދަރުމަވަންތައިގެ 16 ވަނަ ފަންގިފިލާގައި މިވަގުތު އެެއްވެސް މީހަކަށް ފަރުވާދެމުން ނުދާ ކަމަށާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 88 މީހަކަށް ފަރުވާ ދެމުން އަންނައިރު އޭގެ ތެރެއިން ތިން މީހަކަަށް ފަރުވާދެނީ އައިސީޔޫގައި ކަމަށެވެ. އެތަނުން އެކަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގަ އެވެ. 

ޑރ. ނަޒްލާ ވިދާޅުވީ ގއ. ކޮވިޑް ފެސިލިޓީގައި ފަރުވާދޭ އަދަދު އުޅެނީ ތިނެއްގައި ކަމަށެވެ.

މިހާތަނަށް ރާޢްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 9،770 މީހުންނެވެ. އޭގެ ތެރެއިން 34 މީހަކު ވަނީ މަރުވެފައި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!