މަޑަވެލިން މޮނިޓަރިންގެ ހާލަތު އުވާލައިފި

ކޮވިޑް-19 ސަބަބުން މޮނިޓަރިން ހާލަތަށް ލާފައި އޮތް ގދ. މަޑަވެލިން އެހާލަތު މިއަދު އުވާލައިފި އެވެ.

މޮނިޓަރިންގެ ހާލަތަށް މަޑަވެލި ގެންގޮސްފައިވަނީ އެ ރަށާކޯޒްވޭއަކުން ގުޅުވާލާފައިވާ ހޯޑެއްދޫން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

މި ގޮތުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ މި މަހުގެ 05 ވަނަ ދުވަހުގެ މެންދުރުފަހު 14:43 ގައެވެ.

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޯޒްވޭ އަކުން ގުޅިފައިވާ ހޯޑެއްދޫ މަޑަވެލީގެ ތެރެއިން މިވަގުތު ކަރަންޓީންގައި އޮތީ ހޯޑެއްދޫ އެކަނި ކަމަށެވެ. 

ހޯޑެއްދޫއިން ބަޔަކު ކޮވިޑް19 އަށް ޕޮޒިޓީޗް ވުމުން މަޑަވެލި ކަރަންޓީނަށް ގެނެސްފައިވާއިރު، ޑރ. ނަޒްލާ ވިދާޅުވީ މަޑަވެލިން ރެންޑަމް ސާމްޕަލްތަކެއް ނަގާފައިވާކަމަށެވެ. އަދި އެހުރިހާ ސާމްޕަލްތަކެއް ނެގެޓިވް ވުމުން އެރަށް މިއަދު މޮނިޓަރިންއިން ނެގާފައިވާ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!