ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 46 މީހުން ޕޮޒިޓިވްވެއްޖެއެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 44 މީހުންގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުން ޕޮޒިޓިވްވި 2 މީހުންނާއެކު ޖުމްލަ 46 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ 31 ދިވެހިންގެ އިތުރުން 15 ބިދޭސީން ކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ.
އެހެންކަމުން ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 9770 އަށް އިތުރުވެފައިވާކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ވަނީ ބުނެފައެވެ.