ޗައިނާ ބޭންކްއަކާއި ގުޅުން ހުރި ކަމަށް ބެލެވޭ މަނީ ލޯންޑަރިންގ ހަރަކާތްތަކެއް ރާއްޖޭގައި

ޗައިނާ ބޭންކްއަކާއި ގުޅުން ހުރި ކަމަށް ބެލެވޭ މަނީ ލޯންޑަރިންގ ހަރަކާތްތަކެއްގެ ދަށުން ރާއްޖޭގައި ހިންގާ ދެ ބޭންކަކަށް އެތައް ލައްކަ ޑޮލަރެއް ވަދެފައިވާކަން ހާމަވެއްޖެ އެވެ.

ޝައްކުކުރެވޭ މާލީ މުއާމަލާތްތައް ދެނެގަނެ ފިޔަވަޅުއެޅުމަށް އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުގެ ދަށުން ހިންގާ ފައިނޭންޝަލް ކްރައިމްސް އެންފޯސްމަންޓް ނެޓްވޯކްގެ ޑޮކިއުމެންޓްތަކެއް ވަނީ މީގެ ކުރިން ލީކުކޮށްލާފައިއެވެ. އެގޮތުން މި ޑޮކިއުމެންޓްތަކުން ކުށުގެ އަމަލުތައް ހިންގާ ޖަމާއަތްތަކާއި ކުށްވެރިންނާއި އިންޓަޕޮލް އިން ހޯދަން ބޭނުންވެގެން އިއުލާނުކޮށްފައިވާ މީހުންނާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މީހުންނާ ގުޅުން ހުރި އެތައް މިލިއަން ޑޮލަރެއް، އެއާ މެދު ޝައްކު އުފެދޭ ހާލަތުގައި ވެސް ބޭންކުތަކުން ދައުރުކޮށްދިންކަން ވަނީ ހާމަވެފައެވެ.

“މިހާރު” އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިންވެސްޓިގޭޓިވް ޖާނަލިސްޓުންގެ ނެޓްވޯކަކުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން 2015 އާއި 2017 އާ ދެމެދު 501،359 ޑޮލަރު، ރާއްޖޭގައި ހުންނަ އެސްއެސްބީސީ އާއި ސްޓޭޓް ބޭކް އޮފް އިންޑިއާ އަށް ވަދެފައިވެ އެވެ. މި ފައިސާ ފޮނުވާފައިވަނީ އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ފަވަލްޓުންގް ޕްރައިވެޓް ބޭންކް (ވީޕީ ބޭންކް އޭޖީ) މެދުވެރިކޮށް ޗައިނާ ސަރުކާރުގެ ފޮރިން އެކްސްޗޭންޖް ރިޒާވް މެނޭޖްކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ އިދާރާ، ޗައިނާ އިންވެސްޓްމަންޓް ކޯޕަރޭޝަނުންނެވެ.

ޗައިނާ އިންވެސްޓްމަންޓް ކޯޕަރޭޝަނުން ވީޕީ ބޭންކް އޭޖީ މެދުވެރިކޮށް ސެޕްޓެމްބަރު 17، 2015 އިން މާޗް 17، 2016 އާ ހަމައަށް، ޝައްކުކުރެވޭ 12 ޓްރާންސެކްޝަނެއް ހެދި އެވެ. މީގެ ޖުމްލަ އަކީ 296،928.14 ޑޮލަރު (4.6 މިލިއަން ރުފިޔާ) އެވެ.

ޗައިނާ އިންވެސްޓްމަންޓް ކޯޕަރޭޝަނުން، ވީޕީ ބޭންކް އޭޖީ މެދުވެރިކޮށް، ރާއްޖޭގައި ހުންނަ އެޗްއެސްބީސީ އަށް ނޮވެމްބަރު 27، 2015 އިން މާޗް 8، 2016 އަށް ހަ ޓްރާންސެކްޝަނެއް ހަދާފައިވެ އެވެ. މި މުއާމަލާތްތަކުގެ ފައިސާގެ އަދަދަކީ 204،430.75 ޑޮލަރު (3.1 މިލިއަން ރުފިޔާ) އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!