މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅިއެއް އެޅިި ޒަހަމް ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އދ. މަންދޫ ބޭރުގައި މަސްވެރިކަން ކުރަން އުޅުނު “ކޮންކޯޑް” ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި އުމުރުން 65 އަަހަރުގެ ދިވެއްސެއްގެ ލޮލުގައި މިއަދު ބުޅިއެއް އެޅިފައިވާ ކަމަށެވެ. އަދި ފަރުވާއަށް އެ މީހާ މާލެ ގެނައުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށް ދެމުން ގެންދާ ކަމަށެވެ.

މިހާދިސާގެ ރިޕޯރޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 19:06 ހާއިރުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!