ޅ. ކުރެންދޫ ނަރުދަނާ ނިޒާމުގެ ޢަމަލީ މަސައްކަތް ނިންމައި، ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ބުނީ ކޮމިޝަން ކުރުމުގެ މަސައްކަތް ކުރަނީ ފެނަކަ ކޯޕަރޭޝަން، ޕްލޭނިންގ މިނިސްޓްރީ އަދި އެމްޑަބްލިއުއެސްސީ ގެ ބޭފުޅުން އެރަށަށް ގޮސްގެން ކަމަށެވެ.
ކުރެންދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތަކީ 29 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަސައްކަތެކެވެ.
އެ މަޝްރޫއުގެ ދަށުން 6,000 މީޓަރުގެ ނަރުދަމާ މައި ނެޓްވޯކްއާއި، 720 މީޓަރުގެ ޕަންޕިން ލައިން އާއި، ދެ ޕަންޕިންގ ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި އިދާރީ ބިލްޑިންގ އެއް ވަނީ ގާއިމުކޮށްފައެވެ.
މީގެ އިތުރުން، އެ މަޝްރޫއުގެ ދަށުން އެރަށުގެ 366 ގެއެއްގައި ޖަންޝަން ބަހައްޓައި، އެ ގެތަކަށް ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅާ ދީފައެވެ. އަދި ހަމަ އެއާއެކު، ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.