ކާޕެޓް އޮތީ މިނިސްޓްރީގައި، ކޮރަޕްޝަންގެ އަމަލެއް ނެތް: އޭސީސީ

މޮރޮކޯއިން ހަދިޔާ ކުރި ކާޕެޓެއް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެއަށް ގެންދެވި ކަމަށް ބުނާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން މިހެން ބުނެފައިވަނީ މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހަދިޔާ ކުރެއްވި ކާޕެޓް ޝާހިދު ގެއަށް ގެންދެވި ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ނިންމުމަށްފަހުއެވެ.

އެކަމާއި ގުޅިގެން އޭސީސީއިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އެއްވެސް ކަހަލަ ކޮރަޕްޝަނުގެ އަމަލެއް އެކަމުގައި ނެތް ކަމަށެވެ. ކާޕެޓް ހަދިޔާ ކުރެއްވީ، އެ ގައުމުގެ ފޮރިން މިނިސްޓަރާ އެކު ޝާހިދު ބޭއްވެވި ބައްދަލުވުމަށް ފަހު ނިއުސް ބްރީފިންއަކަށް ވަޑައިގަތް މަގުމަތީގައި ކަމުން އޭގެ ފޮޓޯ ނެގިފައި ނެތްކަން ފާހަގަވި ކަމަށް އޭސީސީން ބުނެ އެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި، ރާއްޖެ އިން މޮރޮކޯ އަށް ދިޔަ ވަފުދު ތިބި ހޮޓަލަށް، މޮރޮކޯގެ ކަމާބެހޭ މުވައްޒަފުން އެ ކާޕެޓް ގެންގޮސް ދިނެވެ. ރާއްޖެ ގެނައުމަށްޓަކައި ރަގް ޕެކު ކުރުމުގެ ކުރިން އޭގެ ފޮޓޯ ފޮރިން މިނިސްޓްރީއާ ރަސްމީކޮށް ހިއްސާ ކޮށްފައިވާ ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ. އަދި އެ މިނިސްޓްރީގެ ވަފުދު މާލެ އައި ދުވަހު ރަގް މިނިސްޓްރީ އަށް ގެންދިޔަކަން ސީސީޓީވީ ފުޓޭޖުން އެނގޭ ކަމަށް އޭސީސީން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!