ސްނޯކްލިންއަށް ދިޔަ ޒުވާނަކު ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ ގެއްލިގެން ހޯދަމުން ދިޔައީ މާފަންނު ބޮއިލިންގ ފިޝް، އުމުރުން 24 އަހަރުގެ ސަފްވާން ރަޝީދު ކަމަށެވެ.
އޭނާ ސްނޯކްލިންއަށް ގޮސްފައިވަނީ މިއަދު 11:00 ހާއިރު މާލޭ ވެސްޓް ޕާކް ސަރަޙައްދު މޫދަށްކަމަށް އެމްއެންޑީއެފްއިން ބުނެއެެވެ. އަދި އޭނާގެ ޚަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 4:36 ހާއިރު ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ ސަފްވާން މަރުވެފައި އޮއްވައި ފެނުނީ އޭނާ ހޯދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި އާއްމު ޑައިވަރުންނަށް ކަމަށެވެ. އޭނާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.