އެމްއެންޔޫއަށް ސިސްކޯ ޓްރެއިނިން ސެންްޓަރުގެ ދަރަޖަ ލިބިއްޖެ

ރާއްޖޭގެ ގައުމީ ޔުނިވަސިޓީ އަށް “ސިސްކޯ އިންސްޓްރަކްޓަ ޓުރެއިނިން ސެންޓާ” ގެ ދަރަޖަ ލިބިއްޖެ އެވެ.

ސިސްކޯ އެކަޑަމީ އިންސްޓްރަކްޓަ ޓުރޭނިންގް ސެންޓަރަކީ ސިސްކޯ ސެޓިފައިޑް ކޯސްތައް ހިންގުމަށް ބޭނުންވާ ހުނަރުވެރި މުދައްރިސުން ތަމްރީންކުރާ މަރުކަޒެކެވެ.

ގައުމީ ޔުނިވާސިޓީން މިއަދު ބުނީ އެ މަރުކަޒުން މި ސަރަހައްދަށް ބޭނުންވާ ސިސްކޯ އިންސްޓުރަކްޓަރުން ތަމްރީނު ކުރާނެ ކަމަށާއި މިއީ އެ ޔުނިވާސިޓީ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ހުޅުވާލަން ލިބުނު އިތުރު ފުރުސަތެއް ކަމަށެވެ.

ސިސްކޯ ސެޓިފިކޭޝަން ދީފައިވަނީ އެމްއެންޔޫގެ، ފެކަލްޓީ އޮފް އިންޖިނިއަރިންގް ސައިންސް އެންޑް ޓެކްނޮލޮޖީ އަށެވެ.

ސިސްކޯ ނެޓްވޯކިން އެކަޑަމީއަކީ ކޮންޕިއުޓަ ވިއުގަ ތަކަށް ބޭނުންވާ މަސައްކަތްތެރިން ތަމްރީނު ކުރާ މަރުކަޒު ތަކެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!