އަދީބުގެ ބަންދަށް 15 ދުވަސް ޖަހައިފި

  • އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ މައްސަލާގައި އަދީބުގެ މައްޗަށް އޮތް ބަންދުގެ މުއްދަތު ހަމަވުމުން އިތުރު 15 ދުވަހަށް އަދީބު ޖަލު ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލް ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް ހައި ކޯޓުގައި މިއަދު އިއްވާފައިވާއިރު، އަދީބު މިހާތަނަށް ހުންނެވީ އިސްތިއުނާފް ޝަރީއަތްތައް ނިންމެން ދެން ޖަލު ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން ކުރި ހުކުމުގެ ދަށުން ޖަލު ބަންދުގައެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ މައްސަލަ އަލުން ދަށު ކޯޓުގައި ބަލަން ހައި ކޯޓުން ހުކުމް ކުރެއްވި އެ އަޑުއެހުމުގައި ރިޔާސަތުން ވިދާޅުވީ، އިސްތިއުނާފްގެ ޝަރީއަތް ނިމުމުން އަދީބުގެ މައްޗަށް އޮތް ބަންދުގެ މުއްދަތު ހަމަވެގެން ދާތީ އިތުރު 15 ދުވަހުގެ މުއްދަތަކަށް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އަމުރުކުރާ ކަމަށެވެ.

އެ ގޮތަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ނިންމެވީ، ކްރިމިނަލް ކޯޓުގައި ޝަރީއަތް އަލުން ފަށާއިރު އަދީބުގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ދައުލަތުގެ ފަރާތުން ހުށަހެޅުމަށް އޮންނަ މުއްދަތަކީ 10 ދުވަސް ކަމަށް ވުމުންނާއި ކްރިމިނަލް ކޯޓުން އެ ކަމުގައި ގޮތެއް ކަނޑައެޅުމަށް 5 ދުވަހުގެ މުއްދަތެއް ގާނޫނުގައި އޮންނާތީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!