ފޮޓޯ: ގޫގުލް

ބްރޯޑްކޮމްއަށް އެސްޖީއެއް ހޯދަނީ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ސެކެޓްރީ ޖެނެރަަލްގެ މަގާމަށް ކުރިމަތި ލާން ހުޅުވާލައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަަދު ބުނީ އެ ކޮމިޝަނުގެ އެސްޖީއަކަށް ވާން ބޭނުން ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެެ. މި މަގާމުގެ މުސާރައިގެ ގޮތުގައި 20،500 ރުފިޔާ ދޭ އިރު، ލިވިން އެލަވެންސް އަށް 15،000 ދެ އެވެ. އަދި ފޯނު އެލަަވެންސްގެ ގޮތުގައި 700 ރުފިޔާ ދެ އެވެ.

މީގެ އިތުރުން ވެސް މަގާމުގެ މަސައްކަތްތަަކާ ގުޅިގެން ކަނޑައެޅި ދޭން ޖެހޭ އިތުރު އިނާޔަތްތައް ދޭނެ ކަމަށް ކޮމިޝަނުގެ އިއުލާނުގައި ބުނެ އެވެ.

މުސާރައާ އެލަވަންސް

  • މުސާރަ: 20،500 ރުފިޔާ
  • ލިވިން އެލަވެންސް: 15،000 ރުފިޔާ
  • ފޯނު އެލަަވެންސް: 700 ރުފިޔާ

މި މަގާމަށް ކުރިމަތިލާ މީހުންގެ ޝަަރުތަކީ، މާސްޓާސް ޑިގްރީ ހާސިލު ކޮށްފައި ވުމާއި ހިންގުމުގެ ދާއިރާގައި ސީނިއާ ލެވެލްގައި މަސައްކަތް ކުރުމާއި އެހެން މީހުނާ ގުޅިގެން މަސަައްކަަތް ކުރަން އެނގުމެވެ. މީޑިޔާ ނުވަތަ ބްރޯޑްކާސްޓް ދާއިރާއިން މަތީ ތައުލީމް ހާސިލް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދޭނެ އެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!