ސީއެސްސީގެ ރައީސްގެ މައްސޫލިއްޔަތުތަކަށް ބަދަލު ގެނައުމާއި ގުޅޭ ބިލު ތަސްދީގު ކުރައްވައިފި

ސިވިލް ސަރވިސްގެ ޤާނޫނަށް ފަސްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަޞްދީޤު ކުރައްވައިފިއެވެ.

ގާނޫނަށް ގެނެވުނު އިސްލާހާއިއެކު ސިވިލް ސަރވިސް ކޮމިޝަނާއި، އެ ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތަކަށް ބަދަލުތަކެއް ވަނީ އައިސްފައެވެ. އަދި ނުފޫޒަކާއި ނުލާ މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް ކުރިއަށްވުރެ ބޮޑަށް މި އިޞްލާޙުގައި ބާރުއަޅައި، މި ކަމަށް ޙާއްޞަ ކޮށްގެން މާއްދާއެއް ވެސް ވަނީ އިތުރުކޮށްފައެވެ.

މީގެ އިތުރުން، ކޮމިޝަނުގެ ޖަމާޢީ ސުލޫކީ ހަމަތަކަށާއި، މެންބަރުންގެ ޒާތީ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް ބާރުއަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމިޝަނުގެ މެންބަރުންގެ މާލީ ހިސާބުތަކާއި، އިތުރު ވަޒީފާ އަދާކުރުން މަނާކުރުމާއި، މަޞްލަޙަތު ފުށުއަރާ މައްސަލަތަކާއި ގުޅޭ އުޞޫލުތައް ވެސް މި އިސްލާހުގައިވާއިރު ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރެކޯޑުތައް ބެލެހެއްޓުން ވެސް ހިމަނާފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!