ފޮޓޯ؛ ގޫގުލް

ކަޅުބިލަމަހާއި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅައިފި

ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަ މަހާއި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ފިޝަރީޒް މިނިސްްޓްރީން ކަނޑައަޅައިފި އެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ މި ގެނެވުނު ބަދަލާ އެކު 1.5 ކިލޯ އާއި އެއަށްވުރެ ބަރު މަސް ގަންނަން ޖެހޭނީ ކިލޯއެއް 13ރ. އަށްވުރެ ބޮޑުކޮށް ކަމަށެވެ. އަދި 1.5 ކިލޯ އަށް ވުރެ ކުޑަ މަހެއް ގަނެވޭނީ ކިލޯއެއް 5.15ރ. އަށް ކަމަށެވެ. މި ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

ކުރިން 1.5 ކިލޯ ނުވަތަ އެއަށްވުރެ ބަރު މަސް ގަނެވޭނީ ކިލޯއެއް ހަތް ރުފިޔާ އަށްވުރެ ބޮޑުކޮށެވެ. އަދި 1.5 ކިލޯއަށް ވުރެ ކުޑަ މަސް ގަނެވެނީ 3.70ރ. އަށްވުރެ ބޮޑު އަގެއްގަ އެވެ. އެންމެފަހުން މި އަގުތައް މުރާޖައާ ކޮށްފައި ވަނީ މެއި 13، 2010ގަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަގުތަކަށް ގެނައި ބަދަލުތަކަށް އަމަލު ކުރަން ޖެހޭނީ ކަޅުބިލަ މަހުގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސްކޮށް، އެކްސްޕޯޓު ކުރާ ކުންފުނިތައް އެކަންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!