މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހޯމް މިނިސްޓްރީން އިތުރު ކޮށްފި އެވެ.

އެމްއެމްސީއަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މިހާރު އެ ކައުންސިލުގައި ތިބި 13 މެންބަރުންގެ ދައުރު އަންނަ ޑިސެމްބަރު މަހު ހަމަވާތީ އެވެ.

ނަމަވެސް، ހޯމް މިނިސްޓްރީން ފުރަތަމަ ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ މުއްދަތު މިހާރު ވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފަ އެވެ.

އެމްއެމްސީގައި ތިބެނީ މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި އާންމު ހަ މެންބަރުންނެވެ. އާންމު މެންބަރުންގެ ގޮތުގައި ބަލަނީ މީޑިއާ އާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. އަދި މީޑިއާ ތަމްސީލުކުރާ ހަތް ގޮޑިއަށް ކެންޑިޑޭޓުން ހުށަހަޅަނީ މީޑިއާތަކުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!