ފުނަދޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދެމަފިރިން ބަލިން ރަނގަޅުވެއްޖެ

ށ.ފުނަދޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދެމަފިރިން ކޯވިޑް-19 އިން ރަނގަޅުވުމާއި ގުޅިގެން ދޫކޮށްލައިފިއެވެ.

ފުނަދޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔައީ ނ މާޅެންދޫން ކޯވިޑް-19އަށް ޕޮޒިޓިވްވި ދެމަފިރިއަކަށެވެ. އެ ދެމަފިރިން ފުނަދޫއަށް ގެންގޮސްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭގައެވެ. މި ދެމަފިރިން އިތުރުފަރުވާއަށް ފެސިލިޓީއަށް ގެނެސްފައި ވަނީ އަންހެން މީހާއަށް ނޭވާލާން އުނދަގޫވުމުގެ ސަބަބުންނެވެ.

ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ޒަމްރަތު ވިދާޅުވީ އެ ދެމަފިރިންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވަނީ މިއަދު ހެނދުނު 7 ޖަހާކަންހާއިރު ކަމަށެވެ. ކޮވިޑް ފެސިލިޓީން ފަރުވާ ދީފައި ވަނީ އުމުރުން 59 އަހަރުގެ ފިރިހެނަކަށާއި 54 އަހަރުގެ އަންހެނަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

ޒަމްރަތު ވިދާޅުވީ އެ ފެސިލިޓީއަށް ފަރުވާދިނުމަށް ގެންނަނީ ބަލީގައި ބޮޑުވަރުވާ މީހުންނަށާއި ހައިރިސްކް މީހުންކަމަށެވެ. އަދި ފަރުވާދިނުމުގައި އެއްވެސް ދަތިތަކެއް ކުރިމަތިވަމުން ނުދާކަމަށް އޭނާވިދާޅުވިއެވެ

ފުނަދޫ ކޯވިޑް ފެސިލީޓިން ވަނީ ކޯވިޑް-19 ޖެހުނު 4 މީހަކަށް ފަރުވާދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!