އެންމެ ގިނަ އަދަދަކަށް ރާއްޖެ އަށް މީހުން އައީ ހޮނިހިރު ދުވަހު

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމާއި އެކީ އެންމެ ގިނަ އަދަދެއްގެ މީހުން ރާއްޖެ އައިސްފައި ވަނީ ފާއިތުވި ހޮނިހިރު ދުވަހު ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ބުނެފިއެވެ.

ވީއައިއޭގެ ޓާމިނަލް އޮޕަރޭޝަންސް، ޖެނެރަލް މެނޭޖަރ އިބްރާހިމް ހުސެއިން ވިދާޅުވީ ހޮނިހިރު ދުވަހު 859 މީހުން ރާއްޖެ އައިސްފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން 800 އަށް ވުރެ ގިނަ މީހުން އެއްދުވަހާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އެންމެ ގިނަ އަދަދެއްގެ މީހުން އައި ދުވަހަކަށް ފާއިތުވި ހުކުރު ދުވަސް ވީއިރު، އެދުވަހު ރާއްޖެ އައިސްފައި ވަނީ 708 މީހުންނެވެ.

ރާއްޖެ އަންނަ މީހުން އައުން މަޑުމަޑުން އިތުރުވާން ފަށާފައިވާއިރު، އެއާލައިން ތަކުން ރާއްޖެއަށް ކުރާ ދަތުރުތައް ވެސް އަންނަނީ އިތުރު ވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!