ތާޖް މަހަލް ހުޅުވައިފި

އަވަށްޓެރި އިންޑިއާގެ އެންމެ ފަޚްރުވެރި ބިނާގެ ގޮތުގައި ސިފަކުރަމުން އަންނަ ތާޖް މަހަލް ހުޅުވައިފިއެވެ.

މިއަދު ތާޖް މަހަލް ހަޅުވާފައިވަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އިންޑިއާއިން ތަންފީޒު ކުރަން ފެށި ހަރުކަށި ފިޔަވަޅުތަކާއެކު މާޗް މަހު މި ސަރަހައްދު ބަންދު ކުރުމަށްފަހުއެވެ.

ތާޖް މަހަލް ހުޅުވި ނަމަވެސް، މި ދަނޑިވަޅަކީ އިންޑިއާއިން ރެކޯޑް އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކުރަމުންދާ ދަނޑިވަޅެއްކަން ފާހަގަކުރަންޖެހެއެވެ. ކޭސް ރިޕޯޓް ކުރަމުންދާ ގޮތަށް ބަލާއިރު އިންޑިއާ މިވަގުތު އޮތީ ދުނިޔޭގެ ނިސްބަތުން 2 ވަނާގައެވެ. އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 5.485 މިލިއަނަށް އަރާފައެވެ.

ނަމަވެސް ލޮކްޑައުންގެ ހަރުކަށި އަމުރުތަކާއެކު އިނދަޖެހެމުންދާ އިގުތިސޯދު ނެގެހެއްޓުމަށް ބޮޑުވަޒީރު ނަރޭންދްރާ މޯދީ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ގިނަ ހަރަކާތްތަކެއް ވަނީ އަލުން ހިންގަން ފަށާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!