ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ) އިން ބުނީ އޭނާ ނިޔާވީ ރޭ ދަންވަރު 01:25 ހާއިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. މިއީ ކޮވިޑް ޖެހިގެން މަރުވި 34 ވަނަ މީހާއެވެ.

އިއްޔެގެ އިރު އޮއްސުމާ ހަމައަށް ހުރި ސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 72 މީހުނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް ތިން މީހުނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވް ވެފައިވާ މީހުނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޕޮޒިޓިވް އަދަދު ވަނީ 9,724 އަރާފަ އެވެ. ރަނގަޅުވި އަދަދަކީ 8،261 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،424 މީހުންނެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 107 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުގެ ތެރޭގެ 24 ރަށެއްގައި 50 މީހަކަށް ބަލިޖެހިފައި ވެއެވެ. އަދި 26 ރިސޯޓެއްގައި 15 ފަތުރުވެރިންނާއި 39 މުވައްޒިފުންނަށް ވެސް ބަލިޖެހިފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!