ޝެހެނާޒް އަކީ އަހަރެންގެ ވަރަށް ގާތް މީހެއް: ސިދާތު

ކަލާޒް ޗެނަލުން ކޮންމެ އަހަރަކު ގެނެސްދޭ ބިގް ބޮސް އަކީ އިންޑިއާގެ އެންމެ މަޤުބޫލު ރިއަލިޓީ ޝޯއެވެ. އެގޮތުން މިދިޔަ އަހަރުގެ “ބިގް ބޮސް 13” ވަނަ ސީޒަން ކާމިޔާބު ކޮށްފައިވަނީ ސިދާތް ޝުކްލާއެވެ.

މިފަހަރުގެ ބިގް ބޮސް އަންނަ މަހު 3 ގައި ފަށާއިރު، ސިދާތު މިހާރު ވަނީ އޭގެ ޕްރޮމޯއެއް ވެސް ކުޅެފައެވެ. އެ ޕްރޮމޯގައި އޭނާ ބުނެފައި ވަނީ އޭނާ ދެއްކިފަދަ ކުޅުމެއް އެހެން މީހަކު ދެއްކުމަށެވެ.

“ބިގް ބޮސް 13” ވަނަ ސީޒަން ކާމިޔާބު ކުރުމާއި ގުޅިގެން ސިދާތު ބުނީ، އެ ޝޯ އޭނާއަށް ކާމިޔާބު ކުރެވުނީ އެ ޝޯއިން ބެލުންތެރިންނަށް ޖޯޑެއްގެ ގޮތުގައި ބަލައިގަނެ ސިޑްނާޒްގެ ނަމުން މުހާތަބުކުރި ޝެހެނާޒް ގިލް (ސަނާ)ގެ ސަބަބުން ކަމަށެވެ.

” އަހަރެން ސަނާ ކަހަލަ ކުއްޖެއް އަދި ނުދެކެން. އޭނާ ޝޯގައި ނެތް ނަމަ އަހަރެން އޭގައި އުޅޭނެ ގޮތެއްވެސް ސިފައެއް ނުކުރެވޭ. އަހަރެންގެ މަންމަ އާއި ދައްތަމެންނާއި އޮންނަ ގާތްކަން އޭނައާއި ވެސް އޮވޭ. އަދި މާ އަވަސް ގުޅުމެއްގެ ވާހަކަ ދައްކަން ނުވަތަ ކައިވެންޏެއްގެ ވާހަކަ ދައްކަން” ސިދާތު ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!