ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރު ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާން ކުރީންސުރެ އޭނާގެ ކޮންމެ ހަރަކާތަކަށް ފޭނުން ދަނީ ފާރަލުންނެވެ. އެއާއެކު އޭނާ ވަނީ ހުދުކުލައިގެ ހެދުމެއްގައި މިފަހުން ފެނިގެން ގޮސްފައިއެވެ.
އެއާއެކު ގިނަބަޔަކު މިހާރު ދައްކަމުންދާ ވާހަކައަކީ ކަރީނާގެ ސްޓާއިލިޝް ވާހަކައެވެ. ކަރީނާގެ ކޮންމެ ހަރަކާތަކަށް ފާރަލުން ދާ ޕަޕަރާޒީންގެ ލެންސައް ފުލް ވައިޓް ހެދުމެއްގައި ހުރި ކަރިނާ އަރާފައި ވާއިރު އެވާހަކަތަށް ވަނީ ބޮޑެތި މީޑިއާ ތަކުގެ ފަލަ ސުރުހީން ޖާގަ ހޯދާފައިއެވެ.
ކަރީނާ ދެވަދަ ރިފުޅަށް ބަނޑުބޮޑު ވެފައިވާ އިރު ފުރަތަމަ ދަރިފުޅު ތައިމޫރް އަކީ ވެސް މީޑީއާ ތަކުގެ ސުރީން ޖާގަ ހޯދަމުން އަންނަ ގިނަބަޔަކު ފޮލީކުރާ ސްޓާ ކިޑްއެވެ.
ކަރީނާގެ ކުރިއަށް އޮތް ފިލްމުއަކީ ލާލްސިންގ ޗައްޑާއެވެ. މި ފިމުގައި ކަރީނާ ފެނިގެން ދާނީ އާމިރު ހާންއާއި އެކުގައިއެވެ.