ކަރަންޓީނުގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު މަލައިކާ އަރޯރާ ކޮވިޑް-19 ގެ ބަލިން ރަނގަޅުވެއްޖެއެވެ.
ކަރަންޓީނުގައި ހުރުމުގައި އެންމެ އުދަގޫވީ ކަމަކީ ދަރިފުޅާއި ދުރުގައި ހުރުން ކަމަށް މަލައިކާވަނީ ބުނެފައިއެވެ. ކޮޓަރިން ނުކުމެ މަލައިކާ ޕޯސްޓް ކޮށްފައިވާ ޕޯސްޓްގައި ވަނީ ޕިޖާމާއެއް ލައިގެން މާސްކް އެއްވެސް އަޅާފައިއެވެ.
އަދި މި ޕޯސްޓުގައި އޭނާ ވަނީ ރައްޓެހިންނަށާއި ފޭނުންނަށްވެސް ޝުކުރު އަދާކޮށްފައިއެވެ.
މަލައިކާ ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަން ހާމަކޮށްފައިވަނީ އަރުޖުން ކަޕޫރު ޕޮޒިޓިވް ވި ކަމަށް އިއުލާން ކުރިތާ މަދު ވަގުތު ކޮޅެއް ތެރޭގައިއެވެ. އެހެން ކަމުން ގިނަ ބަޔަކު ގަބޫލުކުރީ ލޮކްޑައުން ގައި މަލައިކާ އާއި އަރުޖުން އުޅެމުން ގެންދިޔައީ އެއް ގެއެއްގައި ކަމުގައިއެވެ.