ސްޓާ ޕްލަސްއިން އެތަށް އަހަރެއް ވަންދެން ދެއްކި ސީރީސް ސާތް ނިބާނާ ސާތިޔާ އަކީ މިހާތަނަށް ނުކުތް އެންމެ ފާހަގަ ކޮށްލެވޭ އެއް ހިންދީ ސީރީސްއެވެ.
ސާތް ނިބާނާގެ ސާތިޔާގެ 2 ވަނަ ބައެއް ގެނެސްދިނުމަށް އެ ސީރީސްގެ ޕްރޮޑަކްޝަނުން ނިންމާފައިވާ އިރު އޭގައި ބައިވެރިވާނެ ތަރިންނާއި މިހާރު ދަނީ ވާހަކަދެކެވެމުންނެވެ. އެގޮތުން އޭގައި އެންމެ އިސް ރޯލެއް އަދާކޮށްފައިވާ ރޫޗާ ހަސާބްނިސް ނުވަތަ ރާޝީ އަކީ އެ ސީރީސްއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ތަރިއެވެ.
2014 ވަނަ އަހަރު އެ ޝޯ ދޫކޮށްލުމަށްފަހު އޭނާ ވަނީ މީހަކާއި އިނދެފައެވެ. އޭނާ ބުނި ގޮތުން އޭނާ ޝޯ ދޫކޮށްލީ އޭނާގެ އާއިލާއަށް ވަގުތު ދިނުމުގެ ގޮތުންނެވެ.
ރާޝީ ބުނީ އޭނާ ދެން އިތުރަށް އާދައިގެ ފެމިލީ ޑްރާމާ އެއް ކުޅެން ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ އެއްވެސް ރޯލެއް ދެން އޭނާ ކުޅޭނެކަމަށް ނުބެލެވޭ ނަމަވެސް ދުވަހަކުވެސް ނުކުޅޭނަމޭ ނުބުނާނެ ކަމަށެވެ. ރާޝީ ބުނީ އޭނާ މިހާރު ވަގުތު ހުސްކުރަނީ އޭނާގ ދަރިފުޅަށް ކަމަށާައި އެކްޓިންއަށް އަލުން އަނބުރާ ގޮސްފިނަމަ އެވަގުތު އޭނާއަށް ގެއްލޭނެ ކަމަށެވެ.
އިތުރަށް ރާޝީ ބުނެފައި ވަނީ ސާތް ނިބާނާ ޝޯއަށް އޭނާ ވަރަށް ލޯބި ކުރާ ކަމަށެވެ.