ބިދޭސީންނަށް އެމްޕޮލޮއިމަންޓް އެޕްރޫވަލް ދޫކުރާނީ ޑިޕޮސިޓް ފައިސާ ދެއްކުމުން


ރެގިއުލަރައިޒޭޝަންގެ ދަށުން އެމްޕޮލޮއިމަންޓް އެޕްރޫވަލް ދޫކުރާނީ ބިދޭސީންގެ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުން ގެންދާ ބިދޭސީންގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރުމުގެ ސައްހަ ހުއްދަ (އެމްޕްލޯއިމަންޓް އެޕްރޫވަލް) އެއް ނެތި މަސައްކަތް ކުރަމުންދާ ބިދޭސީ ފަރާތްތައް ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރެގިއުލަރައިޒް ވާ ބިދޭސީންނަށް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ރެގިއުލަރައިޒޭޝަން އެމްޕްލޮއިމްންޓް އެޕްރޫވަލް (އާރު.އީއޭ) ދޫކުރެވޭނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބޭހޭ ގަވާއިދު ގެ 21 ވަނަ މާއްދާގައި ބަޔާން ކުރާ ގޮތުގެ މަތީން ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރެގިއުލަރައިޒް ކުރެވި އާރު އީއޭ ދޫކޮށްފައިވާ ބިދޭސީ ފަރާތްތަކުގެ އެމްޕްލޮއިމްންޓް އެޕްރޫވަލްގެ މުއްދަތު އިތުރު ކުރެވޭނީ އެ އެމްޕޮލޮއިމަންޓް އެޕްރޫވަލްއަށް ވާ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!