ފްލައި ދުބާއީ އިން ރާއްޖެއަށް ދަތުރު ފަށަނީ

ޔޫއޭއީގެ ބަޖެޓް އެއާލައިން، ފްލައި ދުބާއީ އިން ރާއްޖެއަށް ދަތުރު ފަށަން ނިންމައިފިއެވެ.

އެމިރޭޓްސްގެ ބަޖެޓް އެއާލައިން، ފްލައި ދުބާއީގެ ދަތުރުތައް އަންނަ މަހުގެ 27 ގައި ރާއްޖެއަށް ފަށާނެކަން އިއުލާނުކޮށްފައިވާއިރު ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން ޔޫއޭއީގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ވަނީ އިތުރުވެފައެވެ.

މި ފްލައިޓު ދަތުރުތައް ރާއްޖެއަށް ބާއްވަން ނިންމައިފައިވަނީ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.

ރާއްޖެއާއެކު 40 މަންޒިލަކަށް ފްލައި ދުބާއީ އިން އުދުހޭނެ ކަމަށް އެ އެއަރލައިނުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!