އުމުރުން ދުވަސްވީ މީހަކު އިތުރުން ފަރުވާއަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެގެނެސްފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ. ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 78 އަހަރުގެ ފިރިހެނަކު ހާލު ބޮޑުވެ، އިތުރުފަރުވާއަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ބަލި މީހާއާއިއެކު ހެލިކޮޕްޓަރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ލޭންޑްކުރުމަށް ހަމަޖެހިފައިވަނީ 18:00 ހާއިރު ކަމަށް އެމްއެންޑިއެފް އިން ވަނީ ވިދާޅުވެފައެވެ.