ފޮޓޯ: މިހާރު

ފްލެޓްތަކުގައި ކުނިއަޅާ ގޮޅިތަކަށް މިދުވަސްވަރު ކުނި ނޭޅުމަށް އަންގައިފި

މިދުވަސްވަރު ފްލެޓްތަކުގައި ކުނިއަޅާ ގޮޅިތަކަށް ކުނި ނޭޅުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ އެ އިދާރާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ގިނަ ޢަދަދެއްގެ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއިގުޅިގެން، ބިދޭސީ ހުރިހާ މުވައްޒަފުން މިހާރު ވަނީ ކަރަންޓީނު ކުރެވިފަިކަމަށާއި އެކަމުގެ ސަބަބުން ބިދޭސީ މުވައްޒަފުން ޝާމިލްކޮށްގެންކުރާ ހުރިހާ މަސައްކަތެއް މި ވަގުތު ވަނީ މުޅިން ހުއްޓިފައިކަމަށެވެ.

އެހެންކަމުން ފްލެޓްތަކުގައި ކުނިއަޅާ ގޮޅިތަކަށް އަޅާކުނި އެ ތަނުން ނަގާ ސާފުނުކުރެވޭނެތީވެ ގޮޅިތަކަށް ކުނި ނޭޅުމަށް އަންގާކަމަށާއި ފްލެޓްތަކުގެ ގޯތިތެރެއަށާއި ފުރާޅުތައް މައްޗަށް ކުނިއަޅާ ނުހެދުމަށް އަންގާކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ކުނި އުކާލުމަށްޓަކައި ވެމްކޯގައި ރަޖިސްޓްރީވުމަށް ކުރިންވެސް އެންގިފައިވާނެ ކަމަށާއި މިހާތަނަށް ރަޖިސްޓްރީ ނުވާ ފަރާތްތަކުން ވެމްކޯގައި ރަޖިސްޓްރީވެ، ވެމްކޯ މެދުވެރިކޮށް ކުނި އުކާލަމުން ގެންދިއުމަށްވެސް އެ އިދާރާއިން ވަނީ އަންގާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!