ދިޝާ މަރުވީ ޖިންސީ ގޯނާގެ ސަބަބުން

ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތުގެ ކުރީގެ މެނޭޖަރ ދިޝާ ސާލިއާން މަރުވީ އޭނާއަށް ކުރިމަތިވި ޖިންސީ ގޯނާގެ ސަބަބުން ކަމަށް ހެކިވެރިޔަކު ބުނެފިއެވެ.

ސުޝާންތުގެ ކުރީގެ މެނޭޖަރ ދިޝާ ސާލިއާން މުމްބާއީގެ އިމާރާތެއްގެ 14 ވަނަ ބުރީގައި ހުރި އޭނާގެ ރައްޓެއްސެއްގެ އެޕާޓްމަންޓުގެ ކުޑަދޮރުން ވެއްޓި މަރުވެފައިވަނީ މިދިޔަ ޖޫންމަހުގެ 8 ވަނަ ދުވަހުއެވެ. އަދި ޙާދިސާއަށް ހަފްތާއެއްވެސް ނުވަނީސް އުމުރުން 34 އަހަރުގެ ސުޝާންތު އޭނާގެ އަމިއްލަ އެޕާޓްމަންޓުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހުއެވެ.

އެ މަރާއި ގުޅިގެން އެތައް ވާހަކަތަކެއް ދެކެވޭ އިރު މިއަދު އިންޑިއާގެ ނޫހަކަށް ދިޝާމެން ޕާޓީއަށް ދިޔަ މީހަކު ބުނެފައި ވަނީ ދިޝާ ސާލިއާން މަރުވީ އޭނާއަށް ކުރިމަތިވި ޖިންސީ ގޯނާގެ ސަބަބުން ކަމަށް ބުނެފައެވެ. އޭނާ ބުނީ 8 ޖޫންގައި އޮތް ޕާޓީއަށް އޭނާ އާއި އޭނާގެ ރައްޓެއްސެއްވެސް ދިޔަ ކަމަށެވެ. އަދި ގަޑި އިރެއްހާ އިރު ވަންދެން ޕާޓީ ކުރުމަށްފަހު އެއްބަޔަކު ދިޝާ އާއި އެކީ ކޮޓަރިއަށް ވަދެ ތާޅުލި ކަމަށާއި އޭނާގެ ލޯބިވެރިޔާ އެހެން ކޮޓަރިއެއްގައި ބަންދުކުރި ކަމަށެވެ. އެޕާޓްމަންޓުގައި ވަރަށް އަޑުގަދަކޮށް ލަވަ ޖަހާފައި ހުރުމުން އެއްވެސް ހަޅޭކެއްގެ އަޑު ނީވޭ ކަމަށާއި އަދި އޭގެ އިރުގަނޑެއް ފަހުން އެ އެންމެން ވެސް ބޭރަށް ނުކުތް ކަމަށް އޭނާ ބުނެއެވެ.

އޭނާ ބުނީ ވެގެން އުޅޭގޮތް އެނގުމުން އޭނާ އާއި އޭނާގެ ރަހުމަތްތެރިޔާ އަވަހަށް އެތަނުން ގޮސްފައިވާ ކަމަށާއި، ވަގުތުން ރޭލަށް އަރައިގެން އެމީހުންގެ އަވަށަށް ގޮސްފައިވާ ކަމަށެވެ. އޭނާ ބުނީ އޭނާ މިހާރު ހުރީ ފުލުހުންނަށް އެއްބާރުލުން ދޭން ތައްޔާރަށް ކަމަށެވެ.

ބައެއް ހަބަރުތައް ބުނާ ގޮތުން ދިޝާގެ ހަށިގަނޑު ފެނުނު އިރު އޮތީ ބަރަހަނާކޮށް ކަމަށް ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!