ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދު ބާގިރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފި

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާ ކޮށްދިނުން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ޒިޔާދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުޤީޤު ނިންމައި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާކަން ޕީޖީ އޮފީހުގެ އޮފިޝަލަކު ވަނީ ކަށަވަރު ކޮށްދެއްވާފައިވެއެވެ.

އޭނާ ވިދާޅުވީ، މި މައްސަލައިގައި ދައުވާ އުފުލުމާމެދު ޕީޖީ އޮފީހުން ދެތިން ދުވަސް ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

ޒިޔާދު ބާގިރުއާ ގުޅޭ މައްސަލަތަކެއް އޭސީސީން ބަލާފައިވާއިރު، ނިމިދިޔަ ސަރުކާރުގައި މިނިސްޓްރީގައި ނޫޅޭ މުވައްޒަފެއްގެ މުސާރާގެ ގޮތުގައި އެތައް ހާސް ރުފިޔާ ނަގާފައިވާ މައްސަލައެއް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފެންމަތިވެފައިވެއެވެ. އަދި ބައެއް މުވައްޒަފުން ޙައްޤުވާ މިންވަރަށްވުރެ އިތުރަށް މުސާރަ ނަގާފައިވުމާއި، އެފަދަ ގިނަ މައްސަލަތަކެއް އޭރުގެ އޮޑިޓުން ފާހަގަ ކޮށްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!